ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް ބިލްގައި ހިމެނޭ ކަންކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
މިހާރު ރައްޔިތުންގެ މަޖިލީސް އޮތީ ޗުއްޓީގައެވެ.
އެހެންކަމުން އެ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދާނީ އަންނަ އަހަރަށް މަޖިލިސް ހުޅުވިގެން ކުރިއަށްދާ އެ މަޖިލީހުގެ ފުރަތަމަ ދައުރުގައެވެ.
ޖުވާ ކުޅޭ ވެބްސައިޓްތައް ބޭނުން ކުރާ މިންވަރު މިހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސޯޝަލް މީޑިއާގެ އެކި ގްރޫޕްތަކުގައިވެސް އެ ސައިޓްތައް ޕްރޮމޯޓް ކުރުންވެސް ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު
އެންމެ ބޮޑު ޖުވާ ސައިޓަކީ ކިރާ ބެޓް. އޭގެ ފަހަތުގައި ނުފޫޒުގަދަ ބަޔަކު އެބަ ތިބި.
ޝަފީގު - 6 މަސް ކުރިން