އުރީދޫ ފަން ރަން މިއުޒިކް ޝޯ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫން މިއަދު ބުނީ އެ ޝޯ ކުރިއަށްދާނީ 18 ވަނަ ދުވަހުގެ ރޭ 8:00 އިން 12:00 އަށް ކަމަށެވެ.
އެ ޝޯގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑުތަކުން ޕާފޯމް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ޓްރެފިކް ޖޭމް، އިކުއެޓިވް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރިކޯޑްސްއިން ޝޯގައި ފާފޯމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
"އުރީދޫ ފަން ރަންއަކީ ހަމައެކަނި ދުވުމެއް ނޫނެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ. މި މިއުޒިކް ޝޯއަކީ އަބަދުވެސް ކްރައުޑްގެ ފެވަރިޓެކެވެ..،" އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ މިއުޒިކް ޝޯ މެދުވެރިކޮށް މީހުން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރުދިނުން ކަމަށެވެ. އަދި ދިވެހި ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީވެސް ކުންފުނީގެ އަމާޒެއްކަމަށް އުރީދޫން ބުންޏެވެ.
މިއީ އާންމުންނަށް ހުޅުވާލާފައިވާ މިއުޒިކް ޝޯއެއްކަމަށް އުރީދޫން ބުންޏެވެ.
މުހައްމަދު އިޝާން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް