މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މުވައްޒަފުންނަށް އެވޯޑު ދީފިއެވެ.

އެ މުވައްޒަފުންނާ އެވޯޑުތައް ހަވާލުކުރީ އެމްޑަބްލިޔުއެސްސީގެ ސްޓާފްނައިޓް ހަފުލާގައެވެ.

އެ އެވޯޑް ނައިޓްގައި، ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށާއި، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް 70 މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ.

8 ޑިސެމްބަރު 2025: އެމްޑަބްލިޔުއެސްސީގެ ސްޓާފްނައިޓްގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ސިޓީ ހޯލް ގުރައުންޑްގައި ރޭ ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ އެ ހަފުލާގެ ޝަަރަފުވެރި މެހެމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫދާ އަހުމަދާއި މެނޭޖިން ޑިރެކްޓަރު އަބުދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އިތުރުން ސީނިއާ މެނޭޖުމަންްޓް ޓީމުގެ މެންބަރުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިއަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފުކު އެވޯޑު ހާސިލުކޮށްފައިވާ ކަމަށާއި އަދި އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށް ރިކޮގްނިޝަން އެވޯޑް ދީފައިވާ ކަމަށެވެ.

އެ ހަފުލާގައި އެންޑަބްލިޔުއެސްސީން ދޭ އެންމެ ހާއްސަ އެވޯޑް ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ލިބުނީ އެ ކުންފުނީގެ ޓެކްނިކަލް މެނޭޖަރު ހަސަން ޝަފީގަށެވެ. އެ އެވޯޑަކީ އެމްޑަބްލިޔުއެސްސީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ، އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތަކަށް ދެވިގެންދާ އެވޯޑެކެވެ.