އަންނަ ހަފުތާގެ އާދިއްތަ ދުވަހާ ހަމަޔަށް ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މީޓްރޮލޮޖިސްޓް ތަހުމީނާ މިއަދު "ވަން" އަށް ވިދާޅުވީ ބުދަ ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް މޫސުން ރަނގަޅު ކަމަށް ލަފާކުރެވޭ ނަމަވެސް ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހާ ހަމަޔަށް ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.
"ވައިގެ ބާރުމިން، ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނަށް ހަތް މޭލާއި 17 މޭލާ ދެމެދުގައި. އެހެންހިސާބުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދުގައި. ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވާނެ. އެހެންހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ކޮންމެވެސް ވަރަކަށް ގަދަވެގެން ދާނެ." ތަހުމީނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ބ. ގޮއިދޫއަށާއި ކ. ގާފަރަށް ކަމަށެވެ. ގޮއިދުއަށް 117 މިލިލީޓަރުގެ ވާރޭ ވެހިފައިވާ އިރު ގާފަރަށް 85.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކޮށްފައިވާ ކަމަށް ތަހުމީނާ ވިދާޅުވިއެވެ.
ހއ. އިން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް އެ ސަރަހަދަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓު ނެރެފައެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް