ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީ އަރަން ފަށައިފިއެވެ.
ޖަޕާނުގެ އުތުރު އައްސޭރިފަށު ސަރަހައްދަށް އައި ރިކްޓާ މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު އެ ސަރަހައްދަށް ސުނާމީ އަރާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާ، ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ބިންހެލުމަށްފަހު އެގައުމުގެ އިރު އުތުރު ސަރަހައްދަށް ސުނާމީގެ އިންޒާރު ދީފައެވެެ. އެގޮތުން 10 ފޫޓު އުސް ރާޅު، ސުނާމީގައި އަރާފާނެ ކަމުގެ އިންޒާރު އެ އެޖެންސީން ދީފައިވެއެވެ.
ސުނާމީގެ އިންޒާރު ދީފައިވާ ސަރަހައްދުތަކުގެ ތެރެއިން އެގައުމުގެ ހޮއްކައިޑޯއާއި އައޮމޯރީގެ އިތުރުން އިވާޓޭ އަށް 40 ސެންޓިމީޓަރުގެ އުސް ރާޅު މިހާތަނަށް ރެކޯޑު ކުރެވިފައިވާ ކަމަށް ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެއެވެ.
ސުނާމީ އަރާނެ ކަމަށް ފާހަގަވެފައިވާ އައްސޭރިފަށުގެ އާންމުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ވެސް ވަނީ އިންޒާރުދީފައެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނާ އިރު، ބިންހެލުމުގައި ލިބުނު ގެއްލުން ބެލުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން