މި ސަރުކާރުން ހަދާ 7500 ފުލެޓުގެ ތެރެއިން 4000 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ހަދާ ފުރަތަމަ ފުލެޓުތަކުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެވެ. ބީއެލްއެލުން ހުޅުމާލޭގައި 2700 ފުލެޓު ހެދުމަށް ހަމަޖެހިފައިވާ އިރު، 300 ފުލެޓެއް ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވެއެވެ. ބާކީ 4500 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުންނެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލުން ހަދާ 3000 ފުލެޓުގެ ތެރެއިން 2700 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ތިނަކުން ބާކީވާ ބިމުގައި ކަމަށެވެ.
"އިތުރު ފްލެޓުތައް ހަމަ މާލެ ސިޓީގައި، އޭގެ ތެރެއިން ގުޅިފަޅުގައި 4000 ފްލެޓެއް އަޅަން ނިންމާފައި މިއޮތީ. އަދި މާލޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި އިތުރު 500 ފުލެޓު އަޅާނަން. އެހެންވީމާ، މި ފްލެޓްތައް އެޅުމުގެ މަސައްކަތް މި ކުރެވެނީ މާލެ ސިޓީ އޭރިއާގައި. މި ފްލެޓްތައް ލިބޭނެ ކެޓަގަރީތައް އަޅުގަނޑު ކަނޑައަޅާފައި އޮތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އެއް ކޮޓަރީގެ ފުލެޓުތައް ލިބިފައިވާ މީހުންނަށް އިތުރު ހައުޝިން މަޝްރޫއަކަށް ކުރިމަތިނުލެވޭ ޝަކުވާ ކަމަށާއި މިހާރު އޮތް ގޮތުން އެމީހުންނަށް ޝަރުތު ހަމަނުވާނެ ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ތިން ކޮޓަރީގެ ފުލެޓުތަކަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ނުދޭނަން ވޯޓު
ިހަސަން ނަސީރު - 6 މަސް ކުރިން