ހުޅޫމާލެ ފޭސް ދޭއްގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން ޕާކިން ސަރަހައްދެއް ހުޅުވައިފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހެދި އޮޅުހިޔާއާ އިންވަގެން އޮންނަ ހުސްބިމުގައި ހެދި ޕާކިން ސަަރަހައްދު ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އެތަން ހާއްސަކޮށްފައިވަނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށާއި އެ ތަނުގައި ޕާކުކުރެވޭނީ މާލޭ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ.

އެތަނުގައި އެއްފަހަރާ 1200 އުޅަނދަށްް ޕާކުކުރެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެއް ފަހަރާ ގިނަ އަދަދެއްގެ އުޅަނދުތަކަށް ޕާކުކުރެވޭނެ ސަރަހައްދެއް ހުޅުވި އިރު، ގަވައިދާ ހިލާފަށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަންތައް ޓޯކުރުމުގެ ހަރަކާތެއް ފުލުހުން އިއްޔެ ވަނީ ފަށައިފައެވެ.