މިދިޔަ އޮކްޓޯބަރު މަހާއި އަޅައިބަލާއިރު މިދިޔަ މަހު އަސާސީ ކާބޯތަކެތީގެ އަގުތައް 0.69 ޕަސަންޓު ދަށްވެފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސްޓެޓިސްޓިކް ބިއުރޯއިން ދަނީ، ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައި އާންމުކުރަމުންނެވެ.
އެ ރިޕޯޓުގައި ބުނީ ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ވަނީ، އޮކްޓޯބަރު މަހާ އަޅައިބަލާއިރު މިދިޔަ މަހުގެ ތެރޭގައި 1.11 ޕަސަންޓު ދަށްވެފައިވާ ކަމަަށާއި ނަމަވެސް ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް 0.55 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.
އަގު ދަށަށް ދިޔަ ބާވަތްތައް:
- ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް 0.04 ޕަސަންޓު ދަށަށް
- ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް 0.41 ޕަސަންޓު ދަށަށް
- މޭވާގެ ބާވަތްތަކުގެ އަގުތައް 4.50 ޕަސަންޓު ދަށަށް
- ތަރުކާރީގެ ބާވަތްތަކުގެ އަގުތައް 0.76 ޕަސަންޓު ދަށަށް
- ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް 0.80 ޕަސަންޓު ދަށަށް
- ކައްކަން ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް 0.19 ޕަސަންޓު ދަށަށް
އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އަކީ، އާންމުކޮށް ގޭބިސީއަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު އެނގޭ ގޮތަށް ނެރެން ފެށި ލިސްޓެކެވެ.
އަލީ ޔާމިން
ކާބޯތަކެތި
ކާބޯތަކެތި
ކާބޯތަކެތި
ކާބޯތަކެތި
ކޯއްޗެށް ދަށްވި ހުރިހާ ތަކެތިވެސް އަގުބޮޑު.
ކަބަލުން - 6 މަސް ކުރިން