ގަވާއިދާހިލާފަށް ހިންގަމުންދިޔަ ބިދޭސީންގެ 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވާއިދާހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް އެ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް ހުޅުވާލުމުން ގަވާއިދާހިލާފަށް ބިދޭސީން ހިންގަމުންދިޔަ 125 ވިޔަފާރިއެއްގެ މައުލޫމާތު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ އޭގެ ތެރެއިން 20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓެއް، ދެ ގަރާޖެއް އަދި ގެސްޓްހައުސްއެއް ފާސްކޮށްފައި ކަމަށެވެ. އެތަންތަނުގެ ތެރެއިން 11 ތަނެއް މިނިސްޓްރީން މިހާރު ވަނީ ބަންދުކޮށްފައެވެ.

އެ 11 ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދީފައިވަނީ ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމުންނާއި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުމުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.