އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިދިޔަ ހޯމަ ދުވަހު ފެށި އެ މުބާރާތް މިމަހުގެ 20 ގެ ނިޔަލަށް ނެޓްބޯލް ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގައި މިއަހަރު އަންހެން ޑިވިޝަނުގައި 21 ޓީމު އަދި ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމެއް ފެނިގެންދާނެއެވެ.
ނެޓްބޯޅައަކީ އަހަރުތަކެއް ވަންދެން ދިވެހީންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރުގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ އިރު، އޮފީސް އަދި ކުންފުނިތަކަށް ހާއްސަ މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާ އެއް މުބާރާތެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު