ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން، ހަރުވާޅުލާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން މިހާރު ސްކޫލުތަކަށް ވަނީ ފޮނުވައިފައެވެ.
އެ ކުރެހުމުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުންގެ ޔުނީފޯމުގައި ހަރުވާޅު ވަނީ ލާޒިމްކޮށްފައެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭ އިރު، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓޭނެއެވެ. ނަމަވެސް ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ވަނީ ދީފައެވެ.
ފިރިހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު ކީ ސްޓޭޖް 3-5ގެ ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ޓައީ އެޅުމުގެ އިހުތިޔާރު އޮތީ ސްކޫލުތަކަށް ދޫކޮށްލައިފައެވެ. ނަމަވެސް އެއަށްވުރެ މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމެވެ.
ކުރެހުމުގައިވާ ގޮތުން ހުރިހާ ދަރިވަރުންގެވެސް ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑުނޫ ނޫނީ ޓީލް ގްރީނެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫ ކުލައިގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2027 ވަނަ އަހަރުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ނިންމައިފައެވެ.
އަލީ ޔާމިން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ