ޗައިނާއިން ޓެސްޓު ކުރި ރޮކެޓް ބޫސްޓަރު ގޮވައިފިއެވެ.

ޗައިނާގެ ޖައްވީ ކަންކަން ކުރިޔަށް ގެންދާ އަމިއްލަ ކުންފުންޏަކުން އިއްޔެ ކުރި ޓެސްޓުގައި ރޮކެޓު ކާމިޔާބުކަމާއެކު ފޮނުވާލެވުނު ކަމަށް އެ ކުންފުނިން ބުނެއެވެ.

ޗައިނާގެ ބެއިޖިން އަށް ނިސްބަތްވާ ލޭންޑް ސްޕޭސް ނަމަކަށް ކިޔާ އެ ކުންފުނިން ޖައްވަށް ރޮކެޓު ފޮނުވުމަށް ބޭނުންކުރި ރޮކެޓް ލޯންޗަރ އެނބުރި ތިރިކުރުމުގެ ތެރޭގައި ލޭންޑިން ސައިޓަށް އަންނަން ކުރި މަސައްކަތް ނާކާމިޔާބު ވެ ގޮވާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އޮފިޝަލުން ވަނީ ޗައިނާއިން ޖައްވީ ބާރުވެރިކަން ހޯދަން އެ ގައުމުގެ ޕްރައިވެޓް ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާކަން ފާހަގަކޮށްފައެވެ.