ސްރީ ލަންކާއަށް އަރާފައިވާ ތޫފާން "ދިތުވާ"ގައި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވާން، ވިލާ ގްރޫޕުން އެއް ލައްކަ ޑޮލަރު ހަދިޔާކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާގެ ރަމްޒީ ޗެކް މިއަދު ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ ސީއީއޯ ސިޔާދު ގާސިމެވެ. އަދި ޗެކާ ހަވާލުވެ ވަޑައިގަތީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަނެވެ.
ލަންކާއަށް އެރި ތޫފާނުގައި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ޓެލެތޯނަށް 11 މިލިއަން ރުފިޔާއާ އެކު 43،631.31 ޑޮލަރު (ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ) ވަނީ ލިބިފައެވެ.
އޭގެ އިތުރުން ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ އެހެނިހެން ބޮޑެތި ކުންފުނިތަކުންވެސް ވަނީ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފައެވެ.
އާއިޝަތު މާހާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ