އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހުކޮށްފިއެވެ.
މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯ ފެށީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ޕްރޮމޯ ފައްޓަވައިދެއްވީ، އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސިނާން އަލީއެވެ. އެ ހަފުލާގައި އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ މިއަދު ފެށި އެ ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ. އެ ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ، ސުޒުކީ އަދި ޔަންމާ އިންޖީނާއި ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮޕެލާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ޕްރޮމޯގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް ލިބޭނެ ކަމަށާއި އެ އިންޖީނާއެކު، ހަދިޔާ ޕެކޭޖެއްވެސް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"ކަށަވަރު ޕްރޮމޯ 2025" އަމާޒުކޮށްފައިވާނީ، އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެ ޕްރޮމޯޝަންގެ މުއްދަތުގައި، ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ގއ. ގދ. އަދި ށ. އަތޮޅަށް ޒިޔާރަތްކުރުމާއި އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑްތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އަބަދުވެސް ހިންގަމުންގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ