ބިދޭސީންގެ ނަމުގައި އުޅަނދުތައް ރަޖިސްޓްރީކޮށް ދިނުމުގެ ހިދުމަތް ހުއްޓާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން އެގޮތަށް ނިންމީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަކިން ހާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ދިމާވަމުންދާތީ، އެކަން ހައްލުކުރުމުގެ އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އަމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ މަގުތަކުގެ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށެވެ.
އެހެންވެ "ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަނީ މިވަގުތައް ހުއްޓާލެވިފައި" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކޮށް ދިނުމުގެ ހިދުމަތް ހުއްޓާލި އިރު، ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ވަނީ އެއްގަމު ދަތުރުފަތުރާ ބެހޭ ބިލެއް ހުށަހަޅައިފައެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހުށަހަޅުއްވާފައިވާ އެ ބިލުގައި ވަނީ ބިދޭސީންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާނެ ގޮތްތައްވެސް ހިމަނައިފައެވެ.
މުހައްމަދު އިޝާން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން