ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ފިހުނު މުވައްޒަފަށް، އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
ފާއިތުވި ހަފުތާގެ ބުދަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ސްޓެލްކޯގެ ފިހުނު މުވައްޒަފަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭންވެސް ފަރުވާ ދީފައިވެއެވެ.
އެދުވަހު ސްޓެލްކޯއިން ނެރުުނު ނޫސްބަޔާނުގައި ބުނީ އެ މުވައްޒަފުގެ ހާލަތު ސްޓެލްކޯއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ފިހުނު މުވައްޒަފަށް ފޯރުކޮށްދެވެން ހުރި ހުރިހާ އެހީއެއް އޭނާގެ އާއިލާއާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ކުރިޔަށްގެންދާ ކަމަށް ވެސް ބުންޏެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކުންފުނިން މިހާރު މިދަނީ ކުރަމުން. އަދި ހަމަ މިއާއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވހި ފުލުހުންގެ ހިދުމަތުންވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއްވެސް މި ކުންފުނިން މިދަނީ ދެމުން." ސްޓެލްކޯއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ