ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ރ. ދުވާފަރު، ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ މި މަހުގެ 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ޝިބާ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ހަމަ އެ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ ކުއްޖާ މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް