އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕަޓްނަޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.
އެކަން ފާހަގަ ކުރުމަށްޓަކައި ހުކުރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރަގައި ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވައިފައެވެ.
ގަރުނައަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޔަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރެވުމާ އެކު، ދިވެހީންގެ މެދުގައިވެސް މި ބްރޭންޑުގެ އުފެއްދުންތައް ވަނީ ބޮޑު މަގުބޫލުކަމާއި އިތުބާރެއް ހޯދައި، އަދި މިއަދާ ހަމައަށްވެސް އެ އިތުބާރު ދަމަހައްޓައިފައެވެ.
އެގޮތުން ހިޓާޗީ އޭސީ ތަކާއި އައިސް އަލަމާރިތައް ފަދަ ޕްރޮޑަކްޓްތަކަކީ ގިނަބައެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. މި ހަފްލާ އަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެކެވެ.
މި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން ހިޓާޗީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ކުންފުނީގެ އިތުރު ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ. ހަމަ އެއާއެކު، އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު، އެސްޓީއޯގެ ބޯޑު މެމްބަރުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް އަދި އެސްޓީއޯގެ ކުރީގެ ބައެއް އިސް ބޭފުޅުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ.
މި ހަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ، ހިޓާޗީގެ މެނޭޖިން ޑިރެކްޓަރު ޔޮޝިޔޫކީ ބަންޑޯ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިން ޑިރެކްޓަރު އިބްރާހިމް މިރްޒާގް ވަނީ މި ހަފްލާގައި ވާހަކަދައްކަވައިފައެވެ.
މި ހަފްލާގައި ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ވަނީ ޑިސްޕްލޭ ކުރެވިފައެވެ. މީގެ އިތުރުން، ހިޓާޗީއާއި އެސްޓީއޯގެ މި 25 އަހަރުވީ ޕާޓްނަޝިޕްގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ގަތް ހަތަރު ކަސްޓަމަރެއް އަގުވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުން، މި ހަފްލާގައި ހިޓާޗީއިން އަލަށް ތައާރަފް ކުރި 'ހިޓާޗީ ނިއު އެއާ' ރޭންޖްގެ ޕްރޮޑަކްޓްތައް ލޯންޗު ކޮށްފައިވެއެވެ.
އަލީ ޔާމިން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ