ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބޭނުންކުރާ އެއާލައިންތަކާއި ޕައިލެޓުންނާއި ޑްރަގް ޑީލަރުންގެ އިތުރުން އިންސާނީ ވަގުފާރި ކުރާ ފަރާތްތަކަށް އެސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކުރާނެ ކަމަށް ޓްރަމްޕް ހާމަކުރެއްވި ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެންނާނެ ވަކިގޮތެއްް މިހާތަނަށް ހަމާކުރައްވާފައެއް ނުވެއެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ވެނެޒުއެލާއަށް މަސްތުވާތަކެތި އެތެރެކުރާ އުޅަނދު ފަހަރު ގިނަ ވެފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ނުކުތުމަށް އަންގައިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށް ވޮޝިންޓަނުން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

އެމެރިކާގެ އެއާފޯސް އިން މީގެ ކުރިން ވަނީ ވެނެޒުއޭލާ ހިމެނޭ ސަރަހައްދަށް މަސްތުވާ ތަކެއްޗާ އެކު ވަންނަން މަސައްކަތް ކުރި 20 އަށް ވުރެ ގިނަ އުޅަނދަށް ހަމަލާދީ ހުއްޓުވައިފައެވެ. ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ހަމަލާތަކުގައި 80 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.