ޖުމާދުލް އައްވަލް މަހު ސައުދީގައި އުމްރާކުރި އަދަދު 13.9 މިލިއަނަށް އަރައިފިއެވެ.
ސައުދީ އަރަބިއްޔާއިން އިއްޔެ ވަނީ އެގައުމަށް މިއަހަރުގެ ޖުމާދުލް އައްވަލް މަހު އުމްރާގެ އަޅުކަމަށް އެގައުމަށް ދިޔަ މީހުންގެ ތަފްސީިލު ހާމަކޮށްފައެވެ. އެގޮތުން އެގައުމަށް އެތެރެވި މީހުންނާއި އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން އުމްރާ ވީ މީހުންގެ މައުލޫމާތު ހާމަކޮށްފައިވެއެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އާއި މަސްޖިދުލް ނަބަވީގެ އޮފިޝަލުން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ސައުދީން ބޭރުން އެގައުމަށް އެތެރެވީ މީހުންގެ އަދަދު 1.7 އަށް އަރާފައިވާ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ 13.9 މިލިއަން ފަހަރު އުމްރާ ވެފައިވާއިރު އެމައުލޫމާތު އެއްކޮށްފައިވަނީ އެގައުމުން ބޭނުންކުރަން ފަށާފައިވާ ޑިޖިޓަލް ސިސްޓަމްގެ ދަށުންނެވެ.
ސައުދީގެ އޮފިޝަލުން ވަނީ އެގައުމަށް އުމްރާއަށް އެއްމަސްތެރޭ އަންނަ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ އެގައުމުން އުމްރާ އާއި ހައްޖަށް އަންނަ މީހުންނަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ފުރިހަމަކަމުން ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން