ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ހިމެނޭހެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ފާސްކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނަވީނާއި އިތުރު އިސް އޮފިސަރުންތަކެއްގެ މައްސަލަ ބަލައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގައި ވަނީ އެގޮތަށް ފާސްކޮށްފައެވެ.
ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރުމަށް ރައީސަށް ލަފާ އަރުވަން ފާސްކޮށްފައިވަނީ، މާލިއްޔަތު ކޮމިޓީން ބަލަމުންދާ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގައެވެ.
އެ އޮފިސަރުންގެ ތެރޭގައި ސީޕީ ނަވީންގެ އިތުރުން އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ދާއޫދާއި އިތުރު އެސިސްޓަންޓް ކޮމިޝަނަރުންތަކެއް ވެސް ހިމެނޭކަން ކަށަވަރުވެފައިވެއެވެ. ނަމަވެސް އެ ބޭފުޅުންގެ ފުރިހަމަ ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އެބޭފުޅުންގެ ތެރެއިން މިދިޔަ މަހު ވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައެވެ.
މާލިއްޔަތު ކޮމިޓީން ކުރި ތަހުގީގުތަކެއްގެ ރިޕޯޓް އެކުލަވާލައި، އެ ރިޕޯޓުގައިވާ ބައެއް މައުލޫމާތުތައް މެންބަރުންނާ ހިއްސާ ކުރައްވަމުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، މިދިޔަ މަހުގެ 14 ގައި ވިދާޅުވެފައިވަނީ ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް