ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު ދަންމާލަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހެނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

މިހާރު ކުރިއަށްދަނީ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.

ނަމަވެސް މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ޖެހޭ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހަށް މަޖިލީހުގެ މިއަދު ދައްމާލަން ރިޔާސަތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިއެވެ.

މަޖިލިސް ރައީސް ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ދައުރު ދައްމާލަން މަޖިލީހުން ފާސްކުރި، މިއަދުގެ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ދައުރު ދައްކާލަން ނުފެންނަކަަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުނެވެ.

މަޖިލީހުގެ ނިމިދިޔަ ތިންވަނަ ދައުރުގެ ޖަލްސާތަކުގައި ވެސް، މުހިއްމު މަސައްކަތްތަކެއް ވަނީ މަޖިލީހުން ނިންމައިފައެވެ.