މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ދަނބުމާގެ، އިސްމާއިލް އަބްދުﷲ (42އ) އެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުގެ މަތިން ފަސް ދުވަހަށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާތީ ކަމަށެވެ. އެގޮތުން ފުލުހެއްގެ ހެކިބަސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ވައްޓާލި އެތި ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށާއި އޭނާގެ ޔޫރިން ޓެސްޓު ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ވަކީލެއް ބޭނުންވާ ކަމަށް ބުނުމުން އޭނާއަށް ކުރު މުއްދަތެއް ދީފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ އެންޑީއޭގެ މުވައްޒަފެއް ކަމަށާއި ކުޑަ ދަރިންތަކެއްގެ ބައްޕައެއް ކަމަށްވެސް ބުނެފައިވާ ކަމަށެވެ.
އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ ޕިއާ މެންޓާގެ ވަޒީފާ އަދާކުރަމުންދިޔަ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
އާއިޝަތު މާހާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް