ށ. މިލަންދޫ ފަރަށް އެރި ބޭރުގެ ބޯޓެއް 12,006,200.00 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިލަންދޫ ފަރަށް އަރާފައިވަނީ ޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައިސްފައިވާ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރި ކޮށްފައިވާ "ޝްވޭ ލިން ޔޯން" ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ.
އެ ބޯޓު މިލަންދޫ ފަރަށް އަރާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ. އެ ބޯޓު މިލަންދޫ ފަރުން ފުންކޮށްފައިވަނީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
އެންވަޔަރްމެންޓް ރެގިއުލޭޓް އޮތޯރިޓީ (އީއޭއާރް)އިން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ މިލަންދޫ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ހަތްވަނަ ދުވަހު އަދި އަށްވަނަ ދުވަހު އީއޭއާރްގެ ޓީމަކުންވަނީ ސާވޭއެއް ކޮށްފައި ކަމަށެވެ. އެ ސާވޭގައި ބޯޓުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންވެސް ބައިވެރިވި ކަމަށް އީއޭއާރްއިން ބުންޏެވެ.
އެ ސާވޭން ބެލި ބެލުމުގެ ތެރެއިން ފަރުގެ 477 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވުނުކަމަށް އީއާރްއޭއިން ބުންޏެވެ.
އެހެންވެ ޓަގު ބޯޓުގެ ވެރިފަރާތް ކަމުގައިވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް 12،006،200 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި އީއޭއާރްއަށް ދެއްކުމަށް އަންގާފައިވާނެކަމަށް އީއޭއާރްއިން ބުންޏެވެ.
މުހައްމަދު އިޝާން
ތިމާވެށި
ތިމާވެށި
ތިމާވެށި
ތިމާވެށި