ބޮލީވުޑްގެ މަޝްހޫރު ފަންނާނު، ކިންގް ޚާން، ޝާހުރުކް ޚާންގެ ބްރޭންޑް ދުނިޔޭގެ ފެންވަރަށް ގެންދިއުމަށްޓަކައި، ދުބާއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ދަނޫބް ގްރޫޕުން 4000 ކްރޯޑް ރުޕީސް ހަރަދުކޮށްގެން ދުބާއީގެ މެދުތެރޭގައި ހަދާ ލަގްޒަރީ ޕްރޮޕަޓީއެއް އިއުލާންކޮށްފިއެވެ.
"ޝާހްރުކްޒް" (Shahrukhz) ގެ ނަމުގައި މި ޓަވަރުގައި ޝާހުގެ މަޝްހޫރު ހަރަކާތް، ދެއަތް ދިއްކޮށްގެން ހުންނަ މަންޒަރު ފެންނަ ސްޓެޗޫއެއް ވެސް ބަހައްޓާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޕްރޮޕަޓީ ހުންނާނީ ދުބާއީގެ މަޝްހޫރު ޝެއިޚް ޒައިދު ރޯޑްގައެވެ.
މި އިއުލާނު މިއައީ ބިލިއަނަރެއްގެ ކްލަބަކަށް ޝާހު ވަންތާ މަދުހަފުތާތަކެއްގެ ތެރޭގައެވެ. މި ކަން ހާމަކޮށްފައިވަނީ މުމްބާއީގައި ބޭއްވި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝާހުއާ އެކު ދަނޫބް ގްރޫޕްގެ ބާނީ-ޗެއާމަން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ޝާހު ވަނީ އޭނާގެ ދަރީންގެ ހިޔާލުތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭކަމަށް ބުނެފައެވެ. މެޓް ގާލާ 2025 ގައި އޭނާ ފެނިގެން ދިއުމުން ފެށިގެން މިފަދަ ބޮޑު ޓަވަރެއް އިއުލާނުކުރުމާ ހަމައަށް، މިކަމަކީ އޭނާގެ އާއިލާއަށް ވަރަށް ބޮޑު ފަހުރެއް ކަމަށް ވަނީ ބުނެފައެވެ.
"އަހަރެންގެ މަންމަ ވެސް ވަރަށް އުފާކުރާނެ. މިއީ ވަރަށް ބޮޑު ޝަރަފެއް. އަހަރެންގެ ކުދީން އަންނައިރު، އަހަރެން ބުނާނަން، 'ބަލާލަބަލަ، ބައްޕަގެ ނަން ލިޔެފަ އެބަހުރި" ޝާހު ބުންޏެވެ.
މި ޓަވަރަކީ ފުރިހަމަ، ޒަމާނީ ފަސޭހަތަކާއި ޕްރިމިއަމް އޮފީސް ސްޕޭސްތައް ހިމެނޭނެ ތަނެކެވެ. ހަމަ އެހެންމެ، ދަނޫބް ގްރޫޕްގެ ލީޑަރު ވަނީ މިފަދަ ޓަވަރުތައް މުމްބާއީ، ދިއްލީ، ނިއުޔޯކް އަދި ލަންޑަންގައި ވެސް އަވަހަށް އިއުލާނު ކުރާނެކަކަމަށް ބުނެފައެވެ.
ދަނޫބް ގްރޫޕުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި ޕްރޮޖެކްޓުގައި 55 ފަންގިފިލާ ހިމެނޭނެ އެވެ. އެއް މިލިއަން އަކަފޫޓަށްވުރެ ބޮޑު މި ޕްރޮޕަޓީގައި 40 އަށްވުރެ ގިނަ ބައިތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ސްކައި ޕޫލް، ހެލިޕެޑް، އަދި އެކްސްކްލޫސިވް ބިޒްނަސް ލައުންޖްތައް ހިމެނެ އެވެ. ބުރުޖް ޚަލީފާއާ ގާތްކަމާއި އެއާޕޯޓާ ހުންނަ ކައިރިކަމުގެ ސަބަބުން، މިއީ ޝާހުގެ ނަން އޮންނަ އެންމެ ޝަރަފުވެރި އެޑްރެހަށް ވާނެއެވެ. މި ޓަވަރު 2029 ވަނަ އަހަރު ނިމޭނެކަމަށް ލަފާކޮށްފައިވާއިރު، ކޮންމެ ޔުނިޓެއްގެ އަގު ފެށޭނީ 4.2 ކްރޯޑް ރުޕީސް އިންނެވެ.
ދުބާއީގެ ރިއަލް އެސްޓޭޓް މާކެޓަށް ބޮލީވުޑްގެ އެހެން ތަރީން ވެސް ވަނީ ވަދެފައެވެ. ވިވެކް އޯބަރޯއީއަކީ މިފަދަ އެއް ތަރިއެވެ. އޭނާގެ ބޮޑެތި ރިއަލް އެސްޓޭޓް ޑީލްތައް ދުބާއީގައި އެބަހުއްޓެވެ. ޝާހުގެ އަމިއްލަ ގެ، "ޖައްނަތު" ވެސް ހުންނަނީ މަޝްހޫރު ޕާމް ޖުމެއިރާގައެވެ. މި ގެއަށް ސަތޭކަ ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އަގެއް ކިޔާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން