ވިއެޓްނާމަށް ބޯކޮށް ވާރޭވެހި ހަފުތާއެއްތެރޭ 90 މީހުން މަރުވެއްޖެއެވެ.
ވިއެޓްނާމުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައި މި ވަނީ އެ ގައުމަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައެވެ.
އޮކްޓޫބަރުން ފެށިގެން މެދުތެރޭ ވިއެޓްނާމަށް ބޯކޮށް ވާރޭ ވެހެމުން ދާ ކަމަށް ރިޕޯޓުތައް ބުނާއިރު މި ހާދިސާ ތަކުގެ ސަބަބުން އެތައް މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިއެޓްނާމުގެ ޑަކްލަކް އަވަށަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މެދު ނުކެނޑި ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ. އެ ސަރަހައްދުގެ ގެތައް ފަޅުވެފައިވާކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެއެވެ. އެގޮތުން ލިބިފައި ހުރި ގެއްލުންތައް ބޮޑުކަމުން ވައިގެ މަގުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ބުނެއެވެ.
ވިއެޓްނާމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ ގައުމުގެ ފަސް ޕްރޮވިންސެއްގައި ފެން ބޮޑުވެ 343 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް މިހާތަނަށް ވެފައިވާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
މޫސުމް
މޫސުމް
މޫސުމް
މޫސުމް