މާލެއާ ވަކިން އޮތަސް، ވިލިމާލެ ބާކީނުކޮށް ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުހްޔިއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވިލިމާލެއަކީ ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ބާކީކޮށްލާފައި އޮތް މާލޭގެ އަވަށެއް ކަމަށެވެ.
"ޖުމުލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުވީ ވައުދުތަކުގެ އިތުރަށް ވެސް ގިނަ ކަންތައްތަކެއް ކުރިއަށްގެންދާނަމޭ. އަޅުގަނޑު ބޭނުންވަނީ ވިލިމާލޭގެ ރައްޔިތުންނަށް މިއޮތްހާ ދުވަހު ނުކުރެވި އޮތް އަދި ހާސިލުކޮށްނުދެވި ސަރުކާރުތަކުން އޮތް ހުރިހާ ކަމެއް ފުރިހަމަކޮށްދޭން އަދި އިތުރަށް ވެސް ކުރަން. މާލޭގެ ސިޓީގެ އެއްބައި، އެއްވަރަކަށް ތަރައްގީ އަންނަންޖެހޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން ވެސް ވިލިމާލެއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށާއި އެގޮތުން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި 500 ހައުސިން ޔުނިޓުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ވިލިމާލޭގައި ހަދާ 300 ހައުސިން ޔުނިޓަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކުރާ ޔުނިޓުތަކެއް ކަމަށާއި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ބާކީ 200 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި އަންނަ މާޗް މަހުގެ ކުރިން ވިލިމާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެކަމުުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވިލިމާލެ ބާކީކުރީ ކިހިނެއްތޯ؟ ވިލިމާލޭއިން ގޯތިލިބިފައި ތިބި ގިނަ މީހުންންކީ މާލެ ނޫނ1 އެހެން ރަށްރަށަށް ނިސްބަތްވި މީހިން. މިހާރު އެމީހުން ދެ ޖީލަށް ގޯއްޗާއި ފްލެޓް ލިބުނު އިރު އަދި ފުރަ މާލެއްށް އުފަން ކިޔާ އެތައް ބަޔަކަށް އެކައްޗެއްވެސް ނުދީ އެދިޔައީ 3ޖީލު. ވިލަމާލޭގެ މީހުންންށް ވެށިފެހި، ގޯތި، ފޭސް1ގެ ގްލެޓް، ހިޔާފްލެޓް މިތަންތަން ލިބުނު މާލޭމީހުންގެ ގޮތުގައި. ހަގީގަތަކީ މައްަސްލް ހައްލު ނުވަނީ މިހެންވެ.
ސީޔޫޓޫ - 7 މަސް ކުރިން