ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ފަނޑިޔާރު ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ އަގު ހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
19 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން، 19 ނޮވެންބަރު 2025 ވަނަ ދުވަހާއި ހަމައަށް ހައިކޯޓު ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ފަނޑިޔާރު މުހައްމަދު ފައިސަލްއާއެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ފަގާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވެސްވެއެވެ.
ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި