ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދައިފިއެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.
އއ. އަތޮޅު މުބާރާތަކީ ސެންޓްރަލް ރީޖަންގެ ތިންވަނަ ޑިވިޝަން މުބާރާތެވެ. އެ މުބާރާތުން ޒޯނަށް ދާނީވެސް އަތޮޅު ފައިނަލުގައި ވާދަކުރާ ދެޓީމެވެ. ތޮއްޑޫން އަތޮޅު ފައިނަލުގައި ވާދަކުރީ އުކުޅަހާ ދެކޮޅަށެވެ.
ތޮއްޑޫގައި މުބާރާތް ހޯސްޓް ކޮށްފައިވާ އިރު، ވާދަކުރީ ތިން ރަށަކުންނެވެ. އެއީ ފައިނަލުގައި ވާދަކުރި އުކުޅަސް، ތޮއްޑޫ އަދި ރަސްދުއެވެ.
ތޮއްޑޫން ފައިނަލުގައި އުކުޅަސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ތޮއްޑޫ ފައިނަލަށް ދިޔައީ އުކުޅަހާއި ރަސްދޫވެސް ބަލިކޮށްގެންނެވެ. އުކުޅަސް ފައިނަލަށް ދިޔައީ ރަސްދޫ ބަލިކޮށްގެންނެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗުގައި ތޮއްޑޫން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިގައެވެ. ތިންވަނަ މިނެޓުގައި އެޓީމުގެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ޝަމީމެވެ. އެ ގޯލަށް ތިން މިނެޓްފަހުން، ހަވަނަ މިނެޓުގައި އުކުޅަސް އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިމީ މުހައްމަދު ސިރުހާނެވެ.
އެ ނަތީޖާގައި މެޗުގެ ގިނަ ވަގުތުތަކެއް ވަންދެން އޮތް އިރު، 71 ވަނަ މިނެޓުގައި ތޮއްޑޫން އަލުން ލީޑު ނެގީ އިބްރާހީމް އުސާމަތެވެ. އެ ގޯލާއެކު ލީޑު ނަގައި، ތޮއްޑޫން ތަށި ޔަގީންކުރީ މުހުތާރު ނަސީރު (ޓޫކިލޯ) 88 ވަނަ މިނެޓުގައި ޖަހައިދިން ގޯލާވެސް އެކުގައެވެ.
މުހުތާރަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، އެ ފަހަރު ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް