ބަހްރެއިންގައި ކުރިއަށްދިޔަ ޑޭވިސް ކަޕްގެ އޭޝިއާ/އޯޝެނިއާ މުބާރާތުގެ ޕްލޭ އޮފް ބުރުން ޖާގަ ހޯދައި، ރާއްޖޭގެ ފިރިހެން ޓެނިސް ޓީމުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ޑޭވިސް ކަޕްގެ އޭޝިއާ/އޯޝެނިއާގެ ގްރޫޕް ފަހެއްގެ، ގްރޫޕް ޑީގައި ރާއްޖެއާ އެކު ހިމެނެނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މަކާއު އަދި ތަޖިކިސްތާނެވެ. ރާއްޖޭން މުބާރާތުގައި ވާދަކުރި ޓީމުގައި ހިމެނެނީ، އަބުދުالله ފާއިހް ފަޒީލް (ފާއީ)، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒެވެ.
އެޓީމުން ފަސްވަނަ ރޭންކްގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް، ހަތަރުވަނަ ބުރަށް ދަތުރުކުރަން މަސައްކަތް ކޮށްފައިވާ އިރު، ޕްލޭ އޮފް މެޗުގައި ނޮދާން މަރިއާނާ އައިލެންޑްސްގެ ޓީމު އަތުން ބަލިވީ 3-0 އިންނެވެ.
މިއަދު ޕްލޭ އޮފް މެޗުން ބަލިވި ނަމަވެސް، މިއީ ރާއްޖޭގެ ޓެނިސް ތާރީހުގައިވެސް މިހާތަނަށް ޑޭވިސް ކަޕްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ، ގްރޫޕްގެ އެއްވަނައިގައި ރާއްޖެ ނިންމާލި އިރު، އޯވަރޯލްކޮށް އޭޝިއާ/އޯޝެނިއާގެ ފަސްވަނަ ގްރޫޕްގައި ރާއްޖެ ނިންމާލީ ދެވަނައިގައެވެ. އެއީ ގުއާމާ އެއް ދަރަޖައެއްގައެވެ.
ދާދިފަހުން ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ވަނީ ބިލީ ޖީން ކިންގް ކަޕް، އޭޝިއާ/އޯޝެނިއާގެ ގްރޫޕް ތިނެއްގެ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ. އެހެންކަމުން މިދިޔަ މަހެއްހާ ދުވަހު ޓެނިސް ޓީމުތަކަށް ވަނީ މުހިއްމު ކާމިޔާބީތަކެއް ހޯދިފައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް