ހއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖީލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދާއި އެމްޓީސީސީގެ މެނޭޖިން ޑިރެެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއާއި ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ. ދިއްދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެ މަޝްރޫއުގެ ދަށުން ހަތަރު ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެއެވެ. އަދި އެއް ފަންގިފިލާގެ ސާވިސް ބްލޮކަކާއި ވަށާ ފާރެއް ރާނާނެއެެވެ.
މި މަޝްރޫއަކީ 185.57 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އާބާދީގައި 4186 މީހުން ހިމެނޭ ދިއްދޫއަކީ ދުވާލަކު އެތައް ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ