ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ބަނޑުފިލާ ޗެލެންޖްގެ ޖޫނިއާ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަމާއެކު މާލެއަށް ނިސްބަތްވާ އިޔަން އަހުމަދު، މިފަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފިއެވެ.
އިޔަން ބަނޑުފިލާ ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައި ލީގު ޔަގީންކުރި އިރު، އަހަރުގެ ފަހު އިވެންޓަށް ނުކުތް އިރު، އޭނާއާއި ޏ. ފުވައްމުލަކުގެ މުހައްމަދު އަޒާން އަހުމަދު އޮތީ އެއްވަރު ވެފައެވެ.
އެއީ މިދިޔަ ދެ އިވެންޓުން 1860 ޕޮއިންޓްގެ ސްކޯއަކާއެކުގައެވެ.
މިފަހަރުގެ ޖޫނިއާ ބައިގެ ފައިނަލުގައި އިޔަން ވާދަކުރީ އަބްދުލް އަހަދާ ދެކޮޅަށެވެ. މިއީ ގައުމީ ލީގުގެ މުބާރާތެއްގެ ފައިނަލުގައި އަހަދް ވާދަކުރި ފުރަތަމަ ފަހަރެވެ.
ފައިނަލުގައި އިޔަން ތަފާތު ދެއްކި އިރު، އޭނާގެ ސްކޯއަކީ 12.10 ޕޮއިންޓެވެ. އަހަދުގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއަކީ 8.93 ޕޮއިންޓެވެ.
އިޔަން މިދިޔަ އަހަރު ބަނޑުފިލާ ޗެލެންޖްގެ އޯޕަން ބައި ކާމިޔާބުކޮށް ތާރީހު ލިޔެލާފައިވާ އިރު، މިދިޔަ އަހަރު އޭނާއަށް ޖޫނިއާ ލީގު ގެއްލުނެވެ. އެއީ އަޒާން ކައިރިންނެވެ.
މިފަހަރު ޖޫނިއާ ލީގު ކާމިޔާބުކުރުމަށް އިޔަން ނުކުމެފައިވާ އިރު، އޭނާ ވަނީ އޯޕަން ބައިގެ ކުއާޓާގައިވެސް ވާދަކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)