ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ބަނޑުފިލާ ޗެލެންޖްގެ ފިރިހެން އޯޕަން ޗެމްޕިއަންކަން ޏ. ފުވައްމުލަކު، އަޝްރަފް ހަސަން ހޯދައިފިއެވެ.
މިފަހަރު ބޮޑީބޯޑިން ލީގުގެ އެންމެ ފަހު އިވެންޓް ކަމަށްވާ ބަނޑުފިލާ ޗެލެންޖްގެ އޯޕަން ބައިގެ ފައިނަލުގައި އިއްޔެ ހަވީރު ވާދަކުރީ އަޝްރަފާއި ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އަދި އެންމެ ވަރުގަދަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ.
ފައިނަލް ފޯރިގަދަކޮށް ދިޔަ އިރު، އަޝްރަފް ޗެމްޕިއަންކަން ހޯދީ 13.00 ގެ ސްކޯއަކުންނެވެ. ކުޑަ އައްޔަގެ ސްކޯއަކީ 10.77 އެކެވެ.
ބަނޑުފިލާ ޗެލެންޖަށް ނުކުތް އިރު، ލީގުގެ އެއްވަނައިގައި އޮތީ އާމިން އުމަރު މޫސާއެވެ. އެއީ 2،000 ޕޮއިންޓާއެކުގައެވެ. އާމިން އޯޕަން ބައިން ކެޓީ ސެމީގައެވެ. އެއީ އަޝްރަފް އަތުން ބަލިވެގެންނެވެ.
ލީގުގެ ދެވަނައިގައި ކުޑަ އައްޔަ، 1720 ޕޮއިންޓާއެކު އޮތް އިރު، ލީގު ޗެމްޕިއަންކަން އެނގިގެންދާނީ ބަނޑުފިލާ ޗެލެންޖް ނިންމާ އިވެންޓްގައެވެ. އެއީ ގާތްގާތުގައި ޕޮއިންޓް އޮތުމުންނެވެ.
އަޝްރަފް، މީގެ ކުރިން ކާމިޔާބުކުރި ލީގު އިވެންޓަކީ 2023 ވަނަ އަހަރުގެ ބުރުނު ޝިކާރު އެވެ. އެފަހަރުވެސް އޭނާ މޮޅުވީ ކުޑަ އައްޔަ ކައިރިންނެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)