އިނގިރޭސި ޕްރިމިއާ ލީގަށް އާސެނަލާ ވާދަކުރާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީ ކަމަށާއި، އެޓީމަށް ނުވިސްނައިފި ނަމަ އަނެއްކާވެސް ލަނޑު ލިބޭނެ ކަމަށް ކްލަބު ލެޖެންޑް، ފުޓުބޯޅަ އެނަލިސްޓް ތިއަރީ އޮންރީ ބުނެފިއެވެ.
މިކޭލް އާޓެޓާގެ އާސެނަލުން މިދިޔަ ތިން ސީޒަންވެސް ނިންމާލީ ލީގު ތާވަލުގެ ދެވަނައިގައެވެ. ދެވަނައިގައި ނިންމާލުމުގެ ރެކޯޑަށް ނިމުން ގެނެސް، 2004 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރަން އާސެނަލުން މަސައްކަތް ކުރަމުންދާ އިރު، އެޓީމު މިވަގުތު އޮތީ އެއްވަނައިގައެވެ.
އެޓީމުން 11 މެޗުން 26 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ސިޓީޏް ވަނީ މިހާތަނަށް 11 މެޗުން 22 ޕޮއިންޓް ހޯދައިފައެވެ.
އާސެނަލަށް ލީގުގައި އެންމެ ޗެލެންޖް ކުރާނެ ޓީމަކީ ކޮބައިތޯ ސުވާލުކުރުމުން އާސެނަލްގެ ލެޖެންޑް، ފްރާންސްގެ ތިއަރީ އޮންރީ ބުނީ ސިޓީ ކަމަށެވެ.
"ސިޓީގެ ކުރިއަށް ކުޅޭ ފޯވަޑަކީ އާދަޔާހިލާފު ނުރައްކާތެރި ކުޅުންތެރިއެއް. ނިދާފަ ހުރެވެސް ގޯލް ޖެހޭ ފޯވަޑެއް އެއީ. ސިޓީ އޮތީ ފޯމުގައި. އާސެނަލްގެ ސަޕޯޓަރުންނަށް މިވަގުތު ވިސްނަން ޖެހޭ އެއް ކަމަކީ، އާސެނަލްގެ ފުލުގައި ވިއްދާފައި އެ އޮތީ އެންމެ އުނދަގޫ ޓީމުކަން. ސިޓީ މިހާރު ފެންނަނީ އެޓީމުގެ އަސްލު ފެންވަރުގައި. އެއީ މޮޅުވާން ފަރިތަ ޓީމެއް،" އޮންރީ ބުންޏެވެ.
އާސެނަލުން މިދިޔަ ތިން ސީޒަނުގައިވެސް ދެވަނައިގައި ނިންމާލި އިރު، އޭގެ ތެރެއިން ދެ ސީޒަނުގައި ލީގު ނެގީ ސިޓީންނެވެ. އަނެއް ސީޒަނުގައި އާސެނަލްގެ މައްޗަށް ކުރިހޯދީ ލިވަޕޫލެވެ.
މުޙައްމަދު ޝަމްޢޫން
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް