ހުރިހާ މެތަޑެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި މަޖިލިސް މެންބަރުން ފާހަގަ ކުރި ކަންތައްތަކަށް ޖަވާބު ދެއްވަމުން ޒަމީރު މިއަދު ވިދާޅުވީ، މަޖިލީހަށް ހުށަޅާފައިވާ ބަޖެޓްގައި ޕްރޮޖެކްޓްތަކުގެ ތަފްސީލް ނެތް ވާހަކަ މެންބަރުން ދައްކާ ކަމަށެވެ.
"ޕްރޮޖެކްޓްތަކުގެ ކަންތައްތަކުގައި ފުލް ޑީޓޭލް ނެތް ވާހަކަ ފަސް ދައްކަނީ، ފަސް އަހަރުވަންދެން އަޅުގަނޑުވެސް ބަޖެޓް ކޮމިޓީގައި އަޅުގަނޑު މަސައްކަތް ކުރިން، ހަގީގަތަކީ އޭރު އެކި މީހުން އެކި އިންޓްރެސްޓްގައި އައިސްފައި ޕްރޮޖެކްޓްތަކެއް ޖަހައިގެން ދަނީ، އަސްލު ޑިލީވާއެއް ނުކުރެވޭ އޭރުގަވެސް އަދި އޭގެ ފަހުންވެސް،"
ނަމަވެސް މިހާރު ބަޖެޓް ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދާ ކަމަށްވާނަމަ، ވަރަށް ގިނަ ޕްރޮޖެކްޓްތައް ފަށައި ނިންމުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެ ޕްރޮޖެކްޓްތއް ނިންމަނުން ގެންދާނަން، މި ބަޖެޓްގެ ތެރެއިންނާއި އިނޮވޭޓިވް ފައިނޭންސް މެކެނިޒަން ބޭނުން ކޮށްގެން، ސަޕްލައި ކްރެޑިޓާއި ކޮންޓްރެކްޓިން ފައިނޭންސިން މިހުރިހާ މެތަޑެއް ބޭނުންކޮށްގެން ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،"
ޒަމީރު ވިދާޅުވީ ރައީސް ދެއްވާފައި އޮތް ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި އަމިއްލަ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު، ހުރިހާ ވަޒީރުން 24 ގަޑިއިރު މަސއްކަތްކުރަމުންދާ ކަމަށެވެ.
އިބްރާހިމް ޒަކީ
އެމެރިކާ
ހޮލީވުޑް
އިނގިރޭސިވިލާތް