ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެ މީހުންގެ ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓް މަތިކޮށްފިއެވެ.
އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 1000 ޑޮލަރު އިންޑިއާއަށް ފޮނުވެއެވެ. ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެ ފަހުން 400 ޑޮލަރަށް ދަށްކުރިއެވެ. އޭގެ ފަހުން އެ އަދަދު 150 ޑޮލަރަށް ދަށް ކުރިއެވެ.
ޑޮލަރު ފޮނުވޭ މިންވަރު މަދުވުމުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ.
އެސްބީއައިން މިދިޔަ އާދިއްތަ ދުވަހު އެ ތަނުގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖުގައި ބުނީ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޑޮލަރު ފޮނުވޭ ރޭޓް 300 އަށް އިތުރުކޮށްފައިވާ ކަމަށާއި އެ ބަދަލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާތާ 15 އަހަރުވެފައިވާ އިންޑިއާ ޓީޗަރަކު "ވަން" އަށް މިއަދު ބުނީ، އެ މީހުންނަށް ލިބޭ މުސާރައިގެ ބޮޑު ބައެއް ގައުމަށް ފޮނުވަން ޖެހޭ ކަމަށާއި 300 ޑޮލަރު ލިމިޓަކީވެސް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
"މިހާރު މިޖެހެނީ ބްލެކް މާކެޓު މެދުވެރިކޮށް ފައިސާ ފޮނުވަން. އެހެން ފޮނުވަންޏާ ފޮނުވާ ކޮންމެ 15،000 ރުފިޔާއަކުން 3500 ރުފިޔާ އެބަ ގެއްލޭ،" އޭނާ ބުންޏެވެ.
އެސްބީއައިން ވަނީ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިންޑިއާ މުވައްޒަފުންގެ މުސާރަ އެ ބޭންކަށް ޖަމާކުރަން އެދިފައެވެ.
އަލީ ޔާމިން
ސްޓޭޓް ބޭންކް އޮފް އިންޑިއާ
ސްޓޭޓް ބޭންކް އޮފް އިންޑިއާ
ސްޓޭޓް ބޭންކް އޮފް އިންޑިއާ
ސްޓޭޓް ބޭންކް އޮފް އިންޑިއާ