ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާސްޓާކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓާކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް އެ ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށެވެ.
އެ ޕްރޮމޯޝަން ނިމުމުން، މާސްޓާކާޑުން ފޯރުކޮށްދޭ ހާއްސަ ފުރުސަތަކުން، އަންނަ އަހަރު ޕެރިހުގައި ޕީއެސްޖީ އާއި ނިއުކާސަލް ވާދަކުރާ ޔުއެފާ ޗެމްޕިއަންސް ލީގު މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ދެ ނަސީބުވެރިން ހޮވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އޭގެ ތެރެއިން ގްރޭންޑް ވިނާގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއާއެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް ތިން ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތު ލިބޭނެއެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލުން މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެއެވެ. އަދި މާސްޓާކާޑާ ގުޅިގެން އެފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދެއެވެ.
އެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/win-with-mastercard އަށް ޒިޔާރަތްކުރުމުން ލިބޭނެއެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް