ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމް އިފްތިތާހުކޮށް، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އަމިއްލަ ގެދޮރު ނެތް މީހުންނަށް އިސްކަން ދެވޭނެ ގޮތްތަކެއް ކަނޑައަޅައިފި އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު މިރޭވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.
އެ ސިޔާސަތާ ބެހޭގޮތުން މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނީ އެ ސިޔާސަތު ބްރޭންޑްކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެފައިވާ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމުގެ ސިޔާސަތުގެ މައްޗަށް ކަމަށެވެ. އެގޮތުން:
- މާލީ ގޮތުން ފުދުންތެރި މީހުންނަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމަށް މަގުފަހިކުރެވޭނެ
- މެދުފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަގު ހެޔޮކޮށް ލިބޭ ހައުސިން އަށް ހާއްސަ މަޝްރޫއުތައް ހިންގާނެ
- އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ
- އެންމެ ފަގީރު ހާލުގައި، ދިރިއުޅޭނެ ތަނެއް ނެތި އުޅޭ އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ
އެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވަނީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމް އެވެ.
އެ ޕްރޮގްރާމްގެ ދަށުން 2 ސްކީމަކުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ:
- މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމް
- މާލޭގައި ދިރިއުޅޭ ފަރާތްކަށް ގޯތި ދޫކުރުމުގެ ސްކީމް
ހައުސިން މިނިސްޓްރީން ބުނީ މި ދެ ސްކީމުންވެސް ގެދޮރު ދޫކުރާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދޫކުރަން ނިންމާފައިވަނީ ދެ މޮޑެލްއަކަށް ކަމަށެވެ. އެއީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" އަދި "ރެންްޓް ޓު އޯން މޮޑެލް" އެވެ.
މާލޭގައި ދިރިއުޅޭ ފަރާތްކަށް ގޯތި ދޫކުރުމުގެ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމާފައިވަނީ މާލޭ ސަރަހައްދު އަދި ރަސްމާލޭންނެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ސްކީމްތަކާ ބެހޭ އިތުރު މައުލޫމާތު މިރޭ ގެޒެޓްކުރާނެ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު