ދިއްލީގައި ކާރު ގޮއްވާލި ހަމަލާއާ ގުޅުންހުރި މީހަކު ހައްޔަރުކޮށްފިއެެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި މިދިޔަ ހަފުތާގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނާ އިރު، އެ ހަމަލާގައި 20 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގެ ތަހުގީގު އެ ގައުމުގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ފަށާފައިވާ އިރު، އިންޑިއާގެ ސަލާމަތީ ބާރުތަކުން އިއްޔެ ވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިރިއުޅޭ މީހަކު ހައްޔަރުކޮށްފައެވެ.
އިންޑިއާ ސަރުކާރުން އެ ހަމަލާ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ބަލަން ނިންމާފައިވާ އިރު، އެ ހަމަލާގެ ތަހުގީގަށް ގުޅުންހުރި ގިނަ ސަރަހައްދުތަކެއް ދަނީ ބަލަމުންނެވެ.
އޮފިޝަލުން ބުނީ އިއްޔެ ހައްޔަރުކުރި މީހާއަކީ ޖާނުން ފިދާވެގެން ގޮއްވާލި މީހާއާ ގާތް މީހެއް ކަމަށާއި ގޮއްވާލި ކާރު ރަޖިސްޓާކޮށްފައިވަނީ ވެސް އޭނާގެ ނަމުގައި ކަމަށެވެ.
އިންޑިއާގެ ފުލުހުން ވަނީ މިހާތަނަށް 73 މީހެއްގެ މައުލޫމާތު އެއްކޮށް، އެ ހަމަލާއާ ގުޅުންހުރި ވެހިކަލްތަކެއް ބަލައިފާސްކޮށްފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ