ކުޑަކުދިން ކުޅޭ ވެލިން ނުރައްކާވެ އޮސްޓްރޭލިއާގެ 69 ސްކޫލެއް ބަންދުކޮށްފިއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނީ ކުޑަކުދިން ކުޅެން ބޭނުންކުރާ ވެލީގައި ފުއްޕާމެއަށް ނުރައްކާވާ ''އެސްބެސްޓޯސް'' ނަމަކަށް ކިޔާ މިނަރަލްއެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށާއި އެ ބާވަތުގެ ވެލި ބޭނުންކުރާ ކަމަށް މިހާތަނަށް ފާހަގަވެފައިވާ 69 ސްކޫލު ބަންދުކޮށްފައިވާ ކަމަށެވެ.
އޮސްޓްރޭލިއާ ސަރުކާރުން ވަނީ ނުރައްކާ ކަމަށް ބެލެވިފައިވާ ވެލި ބައެއް ސަރަހައްދުތަކުގައި ވިއްކަން ހުރި ކަމަށްވެސް ފާހަގަވެފައިވާ ކަމަށްބުނެ، އެ ބާވަތްތަކުގެ ވެލި ނުވިއްކުމަށް އަންގައިފައެވެ.
ދަ އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންސިއުމާ ކޮމިޝަނުން ވަނީ މިހާތަނަށް ބެލި ބެލުމުން ''އެސްބެސްޓޯސް''ގެ ސަބަބުން ނުރައްކާ އޮތް މިންވަރު ކުޑަކަމަށް ބުނެފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.
އޮސްްޓްރޭލިއާގެ އިތުރުން ނިއުޒިލެންޑުން ވެސް ވަނީ ބައެއް ސްކޫލުތައް ބަންދުކޮށް ސާމްޕަލް ނަގައި ޓެސްޓުތައް ހެދުމަށް މަސައްކަތް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ