ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ އާމިނަތު ނަބާހާ އަބްދުރައްޒާގު (ނަބާ)އާއި އާމިނަތު ނަބީހާ އަބްދުރައްޒާގު (ނަބީ) ރިހި މެޑަލް ހޯދައިފިއެވެ.
ޒެމްބިއާ މުބާރާތަކީ ދުނިޔޭގެ ބެޑްމިންޓަން މައި ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބީޑަބްލިޔުއެފް) އިން ރުހުން ދީފައިވާ މުބާރާތެކެވެ. މުބާރާތުގައި މިއަދު ކުރިން ކުޅުނު ފައިނަލުގައި ނަބާއާއި ހުސައިން ޒަޔާން ޝަހީދު ޒަކީގެ ޕެއާއިން ވަނީ މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފައެވެ.
އަންހެން ޑަބަލްސް ފައިނަލުގައި ނަބާއާއި ނަބީ ވާދަކުރީ ދެކުނު އެފްރިކާގެ އޭމީ އަކާމޭންއާއި ޖޮނީތާ ޝޯލްޓްޒްއާ ދެކޮޅަށެވެ. އެ މެޗު ދެކުނު އެފްރިކާ ޕެއާއިން ގެންދިޔައީ 21-16 އަދި 21-14 އިންނެވެ.
ރިވައިވަލްއިން މިފަހަރު ޒެމްބިއާ މުބާރާތަށް ދިޔައީ، ބީޑަބްލިޔުއެފްއިން ރާއްޖެއަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާއެކުގައެވެ. ރާއްޖެ ސަސްޕެންޑްކޮށް، އިންޓަނޭޝަނަލް މުބާރާތްތުގައި ވާދަނުކުރެވޭ ގޮތަށް ކުރިން އެޅި ފިޔަވަޅުތައް މިހާރު ލުއިކޮށްދީފައިވާ އިރު، އެއީ ރިވައިވަލްއަށް ލިބުުނު ބޮޑު ހިތްވަރެކެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން