ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ހުސައިން ޒަޔާން ޝަހީދު ޒަކީއާއި އާމިނަތު ނަބާހާ އަބްދުރައްޒާގު (ނަބާ) ރަން މެޑަލް ހޯދައިފިއެވެ.
ޒެމްބިއާ މުބާރާތަކީ ދުނިޔޭގެ ބެޑްމިންޓަން މައި ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބީޑަބްލިޔުއެފް) އިން ރުހުން ދީފައިވާ މުބާރާތެކެވެ. މިއަދު ޒަޔާނާއި ނަބާ ހޯދި ރަން މެޑަލްއަކީ ބީޑަބްލިޔުއެފް މުބާރާތެއްގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭން ހޯދި ދެވަނަ ރަން މެޑަލްއެވެ. ކުރިންވެސް އެ ޝަރަފު ހޯދާފައި ވަނީ އެ ޕެއާއިންނެވެ.
އޭގެ އިތުރުން މިއީ ރާއްޖެއިން ބީޑަބްލިޔުއެފް މުބާރާތެއްގައި ހޯދި ފަސްވަނަ ރަން މެޑަލްއެވެ.
ޒަޔާނާއި ނަބާ މިފަހަރު ފައިނަލުގައި ވާދަކުރީ މިސްރުގެ އިއްޒަތު ކަރީމާއި ނޫރު އަހުމަދު ޔުސްރީގެ ޕެއއާ ދެކޮޅަށެވެ. އެމެޗު ޒަޔާނާއި ނަބާގެ ޕެއާއިން ގެންދިޔައީ ސީދާ ދެސެޓުންނެވެ.
ސެޓުތައް ގެންދިޔައީ 18-21 އަދި 22-20 އިންނެވެ.
ރިވައިވަލްއިން މިފަހަރު ޒެމްބިއާ މުބާރާތަށް ދިޔައީ، ބީޑަބްލިޔުއެފްއިން ރާއްޖެއަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާއެކުގައެވެ. ރާއްޖެ ސަސްޕެންޑްކޮށް، އިންޓަނޭޝަނަލް މުބާރާތްތުގައި ވާދަނުކުރެވޭ ގޮތަށް ކުރިން އެޅި ފިޔަވަޅުތައް މިހާރު ލުއިކޮށްދީފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޑަބަލްސް ފައިނަލުގައި ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގް (ނަބީ) އާއި ނަބާގެ ޕެއާއިންވެސް ވާދަކުރާނެއެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން