މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ "ބިލްޑާސް އެވޯޑްސް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭ އެންމެ އިސް ޖަމިއްޔާގެ ހައިސިއްޔަތުން އެމްއެންއޭސީއައި އިން ވަނީ ރާއްޖޭގެ ތިމާވެށި ބިނާކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ޖަމިއްޔާގެ އެންޓްރީ ހުށަހެޅުމަށް ދައުވަތު އަރުވައިފައެވެ.

"އެމްއެންއޭސީއައި ބިލްޑާސް އެވޯޑްސް" އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އެވޯޑެކެވެ. އެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމުތައް ބަލައި ސާފުކޮށް ހެދުމަށް ހަމަޖެހިފައިވަނީ ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މިއަހަރުގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 އެވެ. އެ އެވޯޑުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.

އެމްއެންއޭސީއައި ބިލްޑާސް އެވޯޑްސް 2025އަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ހަތަރު ކެޓަގަރީއަކުން ޖުމުލަ 19 ފަރާތަކަށެވެ. އެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ފާއިތުވި ދެ އަހަރުގެ ކުންފުނީގެ ތަފްސީލު ހުށަހަޅަން ޖެހެއެވެ.

ކޮންޓްރެކްޓާ އެވޯޑްސްއަށް ކުރިމަތިލެވޭ ދާއިރާތައް:

  • ކޮންޓްރެކްޓާ އޮފް ދަ އިޔާ
  • އެސްއެމްއީ ކޮންޓްރެކްޓާ އޮފް ދަ އިޔާ
  • ރިސޯޓް ކޮންޓްރެކްޓާ އޮފް ދަ އިޔާ
  • ރިއަލް އެސްޓޭޓް ކޮންޓްރެކްޓާ އޮފް ދަ އިޔާ
  • އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓާ އޮފް ދަ އިޔާ
  • މެރިން ކޮންޓްރެކްޓާ އޮފް ދަ އިޔާ
  • އަހަރުގެ ފޮރިން ކޮންޓްރެކްޓާ އޮފް ދަ އިޔާ

ޕްރޮފެޝަނަލް ފާމް އެވޯޑްސްގެ ދަށުން ކުރިމަތިލެވޭ ދާއިރާތައް:

  • އާކިޓެކްޗަރަލް އެންޑް ޑިޒައިން ފާމް އޮފް ދަ އިޔާ
  • އިންޖިނިއަރިން އެންޑް ސްޕެޝަލިސްޓް ކޮންސަލްޓަންޓް އޮފް ދަ އިޔާ
  • ޕްރޮޖެކްޓް މެނޭޖްމަންޓް ފާމް އޮފް ދަ އިޔާ
  • ލޮޖިސްޓިކްސް އެންޑް ޓްރާންސްޕޯޓު ފާމް އޮފް ދަ އިޔާ
  • ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ

ޕްރޮޖެކްޓް އެންޑް ޕްރޮޑަކްޓް އެވޯޑްސްގެ ދަށުން ކުރިމަތިލެވޭ ދާއިރާތައް:

  • ޕްރޮޖެކްޓް ޑެލިވަރީ އެކްސެލެންސް އެވޯޑް
  • ކޮންސްޓްރަކްޝަން ޕްރޮޑަކްޓް އިނޮވޭޝަން އެވޯޑް

އިންޑިވިޖުއަލް އެވޯޑްސްގެ ދަށުން ކުރިމަތިލެވޭ ދާއިރާތައް:

  • ޔަންގް ބިލްޑާ އެވޯޑް 2025
  • އައުޓްސްޓޭންޑިން ވުމަން ލީޑާ އިން ކޮންސްޓްރަކްޝަން އެވޯޑް 2025
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2025
  • އެމްއެންއޭސީއައިގެ ރައީސްގެ ހާއްސަ އިނާމު 2025