ކައުންސިލަރުންގެ ތެރެއިން ގާބިލުކަން ހުރި 36 ކައުންސިލަރަކަށް ހުތުބާ ކިޔުމުގެ ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން، ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަތީބުކަމުގެ ކޯހަށް ކުރިމަތިލުމުގެ 50 ފުރުސަތު ހުޅުވާލީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކޯހުގެ ބައިވެރިންގެ އިންޓަވިއު ބޭއްވީ ޖުުލައި މަހުގެ 8 އަދި 9 ގައެވެ. އެ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކައުންސިލަރަކަށްވުމާއި ފިރިހެނަކަށްވުން ހިމެނެއެވެ. އަދި ކޯހަށް މީހުން ހޮވުމުގައި ކީރިތި ގުރުއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހިބަހާއި އަރަބި ބަސް ކިޔަން ފަރިތަ ފަރާތަކަށްވުން ހިމެނެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވި ކައުންސިލަރުންގެ ތެރެއިން، ކަނޑައަޅާފައިވާ އުސޫލުގެ ދަށުން 36 ފަރާތަކަށް ހުތުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ އިސްލާމީ މަރުކަޒު ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އަރުވައިފައެވެ.