އިންޑިއާގައި ތަހުގީގަށް ބޭނުންކުރި ގޮވާތަކެތި ގޮވައި ނުވަ މީހުން މަރުވެއްޖެއެވެ.
މިދިޔަ ހަފުތާގައި އިންޑިއާގެ ދިއްލީގައި ހިނގައިދިޔަ ބޮން ގޮވުމުގެ ހަމަލާއަށްފަހު އެގައުމުގެ ފުލުހުން ބޮޑު ތަހުގީގެއް ފަށާފައިވާ އިރު، އެ ތަހުގީގަށް ދަނީ އެގައުމުގެ އެކި ތަންތަން ބަލައި ފާސްކުރަމުންނެވެ.
އިންޑިއާގެ ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އެގައުމުގެ ކަޝްމީރު ފަޅީގައި ހޯދިފައިވާ ގޮވާތަކެތި އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި ވަނީ ގޮވައިފަައެވެ.
ފުލުހުން ބުނީ ތަހުގީގަށް ފޮރެންސިކްއަށް އެ ގޮވާތަކެތި ގެންދިއުމަށް ތައްޔާރު ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ.
އެ ހާދިސާއަށްފަހު ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެއީ ބަޔަކު ދިން ހަމަލާއެއް ކަމަށް ރިޕޯޓުކޮށްފައިވާތީ އެކަން ސާފުކޮށްދީފައެވެ. އެގޮތުން ގޮވާތަކެތިތައް ގޮވައި ފުލުހުންގެ އިމާރާތުގެ ބައެއްވެސް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާގައި ނުވަ މީހުން މަރުވެފައިވާ އިރު، 32 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ