ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.
އިންނަމާދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އިންނަމާދޫ ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ، ސީލިން ހަރުކުރުމާއި ޓައިލްސް ޖެހުމާއި ކަރަންޓު އަދި ޕްލަމްބިން މަސައްކަތްތައް ކޮށްފައެވެ. އޭގެ އިތުރުން އޭސީ ހަރުކުރުމާއި ބަދިގޭގައި ކަބަޑު ހަރުކުރުމާއި ދަވާދު ލުމާއި ސެނިޓަރީ މަސައްކަތްތަކާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ވަށާ ފާރު ރޭނުމާއި ދިދަ ދަނޑި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. އެ މަޝްރޫއަކީ 2.22 މިލިއަން ރުފިޔާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ 970 މީހުންގެ އާބާދީއެއް އޮންނަ އިންނަމާދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރެވިގެން ދިއުމަކީ ރަށުގައި ކުށް މަދުކުރެވި، ރަށުގެ އިޖުތިމާއީ ތަރައްގީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
ރ. އިންނަމާދޫ
ރ. އިންނަމާދޫ
ރ. އިންނަމާދޫ
ރ. އިންނަމާދޫ