ޗައިނާގެ ސްޕޭސް މިޝަންގެ އެސްޓްރަނޯޓުން އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.

ޗައިނާއިން އެގައުމުގެ ޝެންޒޯ-20 މިޝަންގައި ޖައްވަށް ދިޔަ ތިން އެސްޓްރަނައުޓުން ދުނިޔެއަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޝެންޒޯ-20ގެ މިޝަން ގައި ޖައްވަށް ދިޔަ އެސްޓްރަނައުޓުން އެ އުޅަނދުގައި ދުނިޔެއަށް އައުމަށް ފުރަތަމަ ނިންމި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން އެމީހުން ދުނިޔެއަށް ގެނެސްފައިވަނީ ޝެންޒޯ- 21 މިޝަންގެ އުޅަނދުގައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމީހުން ދަތުރުކުރި ޝެންޒޯ-20ގެ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެމީހުން އެހެން އުޅަނދެއްގައި ގެނައީ ކަމަށެވެ.

ޖައްވުގައި 204 ދުވަސް ހޭދަކުރުމަށްފަހު އިއްޔެ ބެއިޖިން ގަޑިން ހަވީރު 17:21 ގައި އެމީހުން ދަތުރުކުރި ޝެންޒޯ-21 ކެޕްސޫލްވަނީ ކާމިޔާބު ދަތުރަކަށްފަހު ޗައިނާގެ ޑޮންފަންގް ލޭޏްޑިން ސައިޓަށް ޖައްސާފައެވެ.

ޝެންޒޯ-21 ގެ ކުރޫއިން ޖައްވުގައި ހޭދަކުރި ދުވަސްތަކަކީ އެގައުމުގެ އެސްޓްރަނައުޓުންތަކެއް ޖައްވުގައި ހޭދަކުރި އެންމެ ދިގު މުއްދަތު ކަމަށް އޮފިޝަލުން ބުނެއެވެ.

ޖައްވުގައި އެ އެސްޓްރަނައުޓުން ކުރިޔަށް ގެންދިޔަ މިޝަންގެ މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް އޮފިޝަލުން ވަނީ އެ އެސްްޓްރަނައުޓުންނަށް ދިން ހުރިހާ ޓާސްކުތަކެއް ފުރިހަމަކޮށްފައިވާކަމަށް ބުނެފައެވެ.