ޕޫނޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަށް މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ހުޅަނގުގައި އޮންނަ ޕޫނޭގެ ނަވާލޭ ބްރިޖު ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ދެ ޓްރަކްގެ މެދަށް ކާރެއް ތާށިވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާގައި އަށް މީހަކު މަރުވެފައިވާ އިރު، 15 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑިއޯއިން ފެންނަގޮތުން އެކްސިޑެންޓު ހިނގުމާއެކު އެއްޓްރަކުގައި ރޯވެއެވެ. އަދި އެ އަލިފާންގަނޑު ކާރަށްވެސް ފެތުރިގެންދެއެވެ.
އެކްސިޑެންޓު ހިނގުމާއެކު ރެސްކިއު ޓީމުތަކުންނާއި އަލިފާން ނިއްވާ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ އިރު، އެ ހާދިސާގެ ސަބަބުން އެ ހައިވޭ އެއްކޮށް ބްލޮކްވެ ދަތުރުފަތުރު ހުއްޓުމަކަށް އައިކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާގައި މަރުވި ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް ދިނުމަށް އިންޑީއާގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ