ދިއްލީގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން ކަޝްމީރުގައި ބޮޑު ތަހުގީގެއް ފަށައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކާރޫބާރޫ ބޮޑު ރެޑް ފޯޓް ސަރަހައްދުގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާގައި އަށް މީހަކު މަރުވެފައިވާ އިރު، އިންޑިއާގެ ފުލުހުން ވަނީ އެ ހަމަލާގެ ތަހުގީގު ފުޅާކޮށްފައެވެ.
ދިއްލީ ބޮންގޮއްވުމަށް ހަތަރު ދުވަސް ވެފައިވާ އިރު، އިންޑިއާގެ އޮފިޝަލުން ވަނީ އެ ހަމަލާއާ ގުޅުން ހުރިކަމަށް ބެލެވޭ ހަތް މީހަކު ހައްޔަރުކޮށްފައެވެ.
އިންޑިއާގެ ފުލުހުން ވަނީ ހައްޔަރުކުރި ހަތް މީހުންނާ ގުޅުން ހުރި ތަންތަން ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހުރި ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށާއި ހަމަލާގެ ތަހުގީގަށް ހާއްސަ ޓީމެއް ކަޝްމީރުގައިވެސް ހަަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.
ފުލުހުން ބުނީ ދާދިފަހުން ދިއްލީގެ ފާރިދްއާބާދު ސަރަހައްދުން ފެނިފައިވާ 2،900 ކިލޯގެ ގޮވާ ސާމާނާއި އެ ހަމަލާއާ ގުޅުން ހުރިކަމަށް ބެލެވޭތީ އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދިއްލީގައި ބޮން ގޮއްވި މައްސަލައާ ގުޅިގެން އިންޑިއާގެ ކެބިނެޓުން ވަނީ ޓެރަރިޒަމްގެ އެ ހަމަލާ ބެލުމަށް ހާއްސަ ހުއްދައެއްވެސް ދީފައެވެ.
ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އެ ހަމަލާގެ ފަަހަތުގައި ތިބި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވައުދުވެފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ