މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މިއަދު ފެށި ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މިހާތަނަށް 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިޔުސް ކޮންޓްރޯލް ޗީފް އިންސްޕެކްޓާ އޮޕް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ އެ އޮޕަރޭޝަން ފަށާފައިވަނީ މިއަދު ފަތިހު ކަމަށާއި ބަލައިފާސްކުރަން ކަނޑައެޅި ތަންތަނުގެ ތެރެެއިން 90 ޕަސެންޓް މިހާތަނަށް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
"މިވަގުތާ ހަމައަށް އަޅުގަނޑުމެން ގާތްގަނޑަކަށް 100 މީހުން ހައްޔަރުކުރެވިއްޖެ، 104 ތަނެއް މިވަގުތަށް ބަލައިފާސްކުރުމަށްޓަކައި ޝެޑިއުލްކުރެވި އޭގެތެރެއިން %90 ތަން ބަލައިފާސްކުރެވިފަވަނީ މިއަދު ހެނދުނު 10:00 އާ ހަމައަށް." ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން އެކި ބާވަތް ބާވަތުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އޭގެތެރޭގައި ހެރޮއިން، ކެނަބިސް އަދި މެތު ފަދަ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެކި ސިންތެޓިކް ޑްރަގާއި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކުދިކޮށް ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތު ކިރުމަށް ބޭނުންކުރާ ތަކެތިވެސް ފެނިފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ.
އެ އޮޕަރޭޝަން ކުރިއަށްގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ ތާރީހެއްގައި ޑްރަގާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަނެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު
ހަކުރުބޯ މީހުން ހައްޔަރު ކުރުން، ދޫކޮށްލުން މިއީ ޙައްލެއް ނޫން. ފުރަތަމަ ވެސް ކުރަންވީ ކަމަކީ އެތެރެވާ މަގުތައް ބަންދު ކޮށްލުން. އެއީ ޑްރަގް އެތެރެ ކުރާ މީހުންނަށް “މަރުގެ އަދަބު”ދީގެން. އެހިސާބުން އެތެރެވުން މަޑުޖެހޭނެ.
ނުރަބޯ - 7 މަސް ކުރިން